މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރުތައް ކައިރީގައެވެ.
މި އެކްސިޑެންޓް މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓްވި ސައިކަލްގެ މަޑި އޮތީ ވަކިން މާ ދުރުގައެވެ. އަދި އެކްސިޑެންޓްވި ކާރު މަތަވެފައިވަނީ މަގުމަތިން ދިޔަ އެހެން ކާރެއްގައި ޖެހި މަގުގެ އަނެއް ފަރާތުގައި ހުރި ހޮޅި ދަނޑީގައި ޖެހިފައެވެ.
ބެލެވޭ ގޮތުން އެކްސިޑެންޓްވެފައި ވަނީ ބޮޑަމަގުން އައި ސައިކަލެއް ގޯޅި އަޅަން އުޅުމުން އެއިމް ނައްޓަން ކާރު މަސައްކަތްކުރުމުންނެވެ.
މި އެކްސިޑެންޓް ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.