ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން ސައިކަލާއި ބަހަކަށް ވެސް ގެއްލުންވެ، ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement
މި އެކްސިޑެންޓު ހިނގާފައިވަނީ 2025 ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 9:36 ހާއިރުއެވެ.
"ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވަރޓޭކު ކުރަން އުޅުމުގެ ތެރޭގައި ސައިކަލުގައި ޖެހި އެކްސިޑެންޓުވެ، ބަހުގެ މެދަށް ސައިކަލު ދަށުވެފައިވެ،"އެވެ. އެ ސައިކަލު، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ބްރިޖް ޕެޓްރޯލް ބީޓުގެ ފުލުހުންގެ ސައިކަލެއްގައި ޖެހި، އިތުރު އެކްސިޑެންޓެއް ހިނގި،" ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އޯވާ ސްޕީޑު ކުރި ސައިކަލު ދުއްވި މީހާއަށާއި އަނެއް ސައިކަލު ދުއްވި މީހާއަށާއި ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.