ads
ބާގީ 4 ގެ ޓްރައިލާ
ބާގީ4 އަށް ބޮކްސް އޮފީހުގައި ދިމާވެފައިވާ ވަނީ ބޮޑެތި ގޮންޖެހުން ތަކެއް
ޓައިގަ ޝްރޮފްގެ އެންމެ ފަހުގެ ފިލްމު "ބާގީ4" ސިނަމާތަކުގައި ދައްކަން ފެށިތާ ހަ ދުވަސް ފަހުން ވެސް، ލިބިފައިވަނީ އެންމެ 41 މިލިއަން އަށް ވުރެ ކުޑަ އާމްދަނީއެއް ކަމަށާއި ހަ ވަނަ ދުވަހު އެ ފިލްމަށް ލިބިފައިވަނީ އެންމެ 2 މިލިއަން ރުޕީސް ކަމަށް އިންޑިއާގެ ނޫސް ތަކުން ބުނެފި އެވެ.
Advertisement

އެކްޝަން ފިލްމެއްގެ ގޮތުގައި ފާހަގަކުރެވޭ މި ފިލްމު ދައްކަން ފެށި ދުވަސްކޮޅު ރަނގަޅު އާމްދަނީއެއް ހޯދި ނަމަވެސް، ހަފްތާ ބަންދު ނިމުމާއެކު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓް ތަށް ބުނެ އެވެ. 

މި ފިލްމާ މެދު ބޮޑެތި އުންމީދުތަކެއް ބާއްވާފައިވީ ނަމަވެސް އަދި މަގުބޫލު އެކްޓަރަކު ލީޑް ރޯލު ކުޅެފައިވީ ނަމަވެސް، އުންމީދުކުރެވުނު މިންވަރަށް ފިލްމުގެ ކަންތައްތައް ކުރިއަކަށް ނުދާ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެއެވެ.

ފިލްމުގެ އާމްދަނީ ދަށްވުމުގެ އަނެއް ސަބަބަކީ މި ވަގުތު ސިނަމާތަކުގައި ދައްކަމުންދާ އެހެން ފިލްމުތަކުގެ ވަރުގަދަ ވާދަވެރިކަމަން ކަމަށް ވެސް ރިޕޯޓް ތަކުން ބުނއެވެ. 

އަދި މި ގޮތުން މަގުބޫލު ހޮލީވުޑްގެ ހޯރަރް ފިލްމަކަށް ބޮޑު ތަރުހީބެއް ލިބި ގިނަ ބަޔަކު ބަލަމުންދާކަން ފާހަގަކޮށްލެވޭ ކަމަށާއި "ބާގީ4" ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް، ހާއްސަކޮށް އެކްޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން އުންމީދުކުރި ފިލްމެއް ކަމުގައި ވިޔަސް، އެ އުންމީދުތައް ފުއްދައެއް ނުލެވުން ކަމަށްވެސް ރިޕޯޓް ތަކުން ބުނެ އެވެ.

                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް