ads
ޗާލީ ކާކް
ޔޫޓާ ކެމްޕަސްގައި އެކްޓިވިސްޓް "ޗާލީ" ކަރަށް ބަޑި ޖަހައި މަރާލައިފި
އިސްލާހީ ފިކުރުގެ ނުފޫޒުގަދަ ކޮމެންޓޭޓަރެއް ކަމަށްވާ ޓަާނިން ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ) ގެ ބާނި ޗާލީ ކާކް، ޔޫޓާ ވެލީ ޔުނިވަރސިޓީގައި ހަރަކާތެއް ކުރިއަށް ގެންދަނިކޮށް، މި މަހުގެ 10 ވަނަ ދުވަހު ބަޑި ޖަހައި މަރާލައިފި އެވެ.
Advertisement

އޭނާ މަރުވެފައިވާ ކަން ހާމަ ކުރީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި އެވެ.

އޭނާ ހުރީ ޒުވާން އިސްލާހީ ފިކުރުގެ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ކެމްޕަސްގަޢީ އެވެ. ހަރަކާތް ކުރިއަށް ގެންދަނިކޮށް، ކައިރީގައި ހުރި އިމާރާތަކުން ބަޑިއެއް ޖެހީ އޭނާގެ ކަރަށްކަމަށް ރިޕޯޓް ތަކުން ބުނެ އެވެ. 

ހޮސްޕިޓަލަށް ގެންދެވުނުތާ މާގިނައިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފަ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ. އުމުރުން 32 އަހަރުގެ ޗާލީ މަޝްހޫރުވެފައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގާތް ގުޅުމެއް ބަހައްޓާފައިވާ މީހެއްގެ ގޮތުގަ އެވެ. އަދި ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޓީޕީޔޫއެސްއޭ މެދުވެރިކޮށް، ޒުވާނުންގެ އިސްލާހީ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މީހެއްގެ ގޮތުގަ އެވެ.

ޓްރަމްޕު ވަނީ ކާކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅުއްވައި ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގަވައިފަ އެވެ.

މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރި ނަމަވެސް، އެ ގައުމުގެ ކަމާ ބެހޭ އިދާޜާ ތަކުން ބުނީ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. 

އިދިކޮޅު ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ކުރީގެ ރައީސުން ކަމަށްވާ ޖޯ ބައިޑެން އާއި ބަރަކް އޮބާމާ ވަނީ މި މަރާ މެދު ހިތާމަ ފާޅުކުރައްވައި އެ އަމަލު ކުށްވެރިކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް