ads
ބާޒާރުގައި ވިއްކަން ހުރި ދޮންކެޔޮ
ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު އިތުރުކުރަން ޕްރޮގްރާމެއް ފަށަނީ
ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
Advertisement

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު, މިހާރަށް ވުރެން 50 ޕަސެންޓް އިތުރުކުރުން ކަމަށެވެ.

މިކަން ކުރަން މިނިސްޓްރީން ނިންމާފައިވަނީ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް މެދުވެރިކޮށެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ހަމަޖެހިފައިވާ ކަމަށާއި ވުޒާރާއިން ފަތްކޭލުގެ މުޑުވައް، ގަސްކާނާ އަދި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެ ދަނޑަށް ބޭނުންވާ މުޑުވަށް ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ. އޭގެ އިތުރުން ދަނޑަށް ބޭނުންވާ ގަސްކާނާ ވެސް މިނިސްޓްރީން ފޯރުކޮށްދޭނެ އެވެ.

މި މަހުގެ 25 ގެ 14:00 ގެ ކުރިން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ރަށްރަށުން ޕްލޭން ފޮނުވަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް