
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވުން.
ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
އަލީ މިދުހަތު
14 ސެޕްޓެމްބަރ 2025 - 10:18:43
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިރަސްމިއްޔާތުގައި ވަނީ ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.
މީގެއިތުރުން މިރަސްމިއްޔާތުގައި ވަނީ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށްވެސް ހަނދާނީ ފިލައެއް އަރުވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް