މި ބައްދަލުވުމަކީ ޔަހޫދީން ގަތަރަށް ހަމަލާ ދިނުމާއި ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އިޒްރޭލުން ދާދިފަހުން ގަތަރަށް ދިން ހަމަލާއާ ގުޅޭގޮތުންނާއި އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.
ހަލީލު، ގަތަރަށް ފުރާވަޑައިގެންފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖާމައަތުން ގަތަރުގައި ބޭނުންކުރާ އިމާރާތަކަށް އިޒުރޭލުން ހަމަލާދީފައިވާތީ އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒުރޭލުގެ ހަމަލާ ކުށްވެރިކުރަމުންދާ ވަގުތެއްގައެވެ.