ads
ވީއައިއޭގެ ޕާކިން ޒޯނެއްގައި އުޅަނދުތަކެއް ޕާކުކޮށްފައި. ފޮޓޯ؛ ދައުރު
އެއާޕޯޓް ޕާކިން އަލުން ހުޅުވާލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކުރިން އޮތް ޕާކިން އަލުން އާއްމުކޮށް ހުޅުވާލާ ވެހިކަލްތައް ޕާކުރެވޭ ގޮތް ހަދައިފިއެވެ.
Advertisement

ހުޅެލޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުންގެ އުޅަނދުތައް ޕާކު ކުރުމަމުން އައި އެ ސަރަހައްދު ބަންދުކުރީ އެއާޕޯޓްގެ އާ ތާމިނަލް ހުޅުވުމާއި ދިމާކޮށެވެ. ހުޅުލޭގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން ޒޯނު ބަންދުކުރީ 17 ޖުލައި އިން ފެށިގެންނެވެ. 

އެ ސަރަހައްދުގެ ޕާކިން ބަންދުކުރުމުން ބައެއް ފަރާތްތަކުގެ ޝަކުވާރތައް ބޮޑުވިއެވެ. ސަބަބަކީ ޕާކުރާނެ ސަރަހައްދެއް ނެތުމާއި އެއާޕޯޓުން ޓެކްސީ ލިބުމުގައި ދަތިތައް ހުރުމުން އެ އާޕޯޓަށް ދަތުރުކުރަން އުނދަގޫވުމެވެ. 

އެމްއެސީއެލުން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ވީއައިއޭގެ އާ ޓާމިނަލްގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރުމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް ފެންނާތީ، އެ ސަރަހައްދަށް ބަދަލުތައް ގެނައުމަށް އެއާޕޯޓުގެ މާސްޓާޕްލޭންގައި ހިމަނާފައި ވާނެ ކަމަށެވެ.

އެހެންނަމަވެސް ޕާކިން ނެތުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާނެކަން އެ ސާކިއުލާގައިވެއެވެ. 

އެނގިފައިވާ ގޮތުން ޓާމިނަލް ކުރުމަތިން އޮންނަ ސަރަހައްދުގައި ޕާކު ކުރަން ހުޅުވާލީ ވަކި އިންތިޒާމެއްގެ ދަށުން ވަގުތީ ގޮތުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް