ރައީސް އޮފީހުން މިއަދު ބުނީ ހާފިޒުންނަށް އިނާމާއި މެޑަލް ދިނުމުގެ ހަފުލާ ރޯދަމަހު 27 ވިލޭރޭ ބާއްވާ ގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެގޮތަށް ރައީސް ނިންމެވީ އެއީ ހާފިޒުންނަށް ހާއްސަ ކުރަން އެންމެ ރަނގަޅު ރޭ ކަމަށް ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހާފިޒުންނަށް، ރައީސް ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވާފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.
ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން މިހާރު 4000 ހާސް ރުފިޔާގެ އިނާޔަތެއް ވެސް ދެއެވެ. އެ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބޭނެ އެވެ.