ads
މިނިސްޓަރު ސައީދު އަލީބާބާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި
މިއީ ދިވެހި އުފެއްދުންތައް ދުނިޔެއާ ގުޅުވާލަދޭ ޑިޖިޓަލް ބްރިޖެއް: މިނިސްޓަރު ސައީދު
ދިވެހިންނަށް މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް "އަލީބާބާ ޑޮޓް ކޮމް" ގައި މުދާ ވިއްކުމުގެ ފުރުސަތު ހުޅުވާލުމަކީ ރާއްޖޭގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރާ ގުޅުވާލަދޭ "ޑިޖިޓަލް ބްރިޖެއް" ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

އަލީބާބާ އާއި ގުޅިގެން ބޭއްވި ވެބިނާ އެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަށްފުށުގައި ތިބި އުފެއްދުންތެރިންގެ އުފެއްދުންތައް އިންޓަނޭޝަނަލް ބާޒާރަށް ވިއްކުމުގެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވަނީ މިކަން މިސާލަކުން ކޮށްދެއްވާފައެވެ. އައްޑޫގައި ހުރި އަތްތެރި މަސައްކަތްކުރާ ފަރާތަކުން އުފައްދާ އެއްޗެއް ޝަންހާއީގައި ހުރި މީހަކަށް ފަސޭހަކަމާއެކު ވިއްކާލުމާއި، ރާއްޖޭގެ ހަވާދު ލަންޑަނުގެ ރެސްޓޯރެންޓަކަށް ފޮނުވުމަކީ ކުރިން ހުވަފެނެއް ނަމަވެސް، މިހާރު އެއީ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ އުފެއްދުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓުގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް ހޯދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން، މުދާ އެއްތަނުން އަނެއްތަނަށް ފޮނުވުމާއި ފައިސާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތި، ފަސޭހަ އިންތިޒާމެއްގެ ދަށުން ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ފުރިހަމަ އީކޯސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަންވެސް ސައީދު ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް