
ފުލުހުން ބުނީ ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންހައި އެ ރަށުގައި މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި ތަންތަން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ކާދިދޫގައި ކެފޭ އުސޫލުން ޑުރްގަު ވިއްކަމދިޔަ ތިން ތަނެއް ފެނިފައިވާކަމަށައި އެތަން ތަން ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކުރީ ދެމީހުންނަކީވެސް މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ، މ. ނަލަހިޔާ މަންޒިލް، އުމުރުން 40 އަހަރުގެ ހަސަން މުނާޒާއި މ. ބިންއުނިމާގެ، އުމުރުން 46 އަހަރުގެ އިބްރާހިމް ޒައިދުއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ، ކާށިދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައިގެން ވިޔަފާރިކޮށް، ބޭނުންކުރާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
އެ ދެ މީހުން ކާށިދޫ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 9.27 ގުރާމު ހުރި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.