ads
މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) ރަސްމީކޮށް ހުޅުވުން
ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް ކުޅުދުއްފުށިން މުހިންމު ފިޔަވަޅެއް
ކުޅުދުއްފުށި ސިޓީގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގްސަދުގައި، އަދި ހާއްސަކޮށް ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް މުހިންމު ފިޔަވަޅެއް އަޅައިފި އެވެ.
Advertisement

އެގޮތުން، އެ ސިޓީގައި ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) މިއަދު ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ. މި ފެސިޓީގެ ސަބަބުން ކުޅުދުއްފުށީގައި އުފެދޭ ޕްލާސްޓިކް އަދި އެހެނިހެން ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

މި ފެސިލިޓީއަކީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ހިންގި ޕްރޮޖެކްޓެއްގެ ދަށުން ގާއިމުކުރި ތަނެކެވެ. މި ތަނުގެ މައިގަނޑު މަގްސަދަކީ ޕްލާސްޓިކާއި، އެލުމިނިއަމް ދަޅުގެ އިތުރުން ހަރު މައުދަނުތައް ރީސައިކަލްކޮށް، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. މިކަމަށްޓަކައި ކުނި ބޭލްކުރުމަށް ބޭނުންވާ މެޝިންތަކާއި، ޕިކަޕްތަކުގެ އިތުރުން އެހެނިހެން ޒަމާނީ އިކުއިޕްމަންޓް ވަނީ ފޯރުކޮށްދީފަ އެވެ. އަދި މިއީ އަމިއްލަ ހަކަތައިން ހިންގާ ތަނަކަށް ހެދުމުގެ ގޮތުން ސޯލާ ޕެނަލް ހަރުކޮށްފައިވުމަކީ މި ފެސިލިޓީގެ ފާހަގަކޮށްލެވޭ ސިފައެކެވެ.

ކުޅުދުއްފުށީ ކުނިކޮށީގައި ގާއިމުކުރި މި ފެސިލިޓީ ހުޅުއްވައިދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަމެންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓަރު ޖެނެރަލް ނޯބޫ ވަންޗަކް އެވެ. މި ފެސިލިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ވެމްކޯގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ވަނީ ދީފަ އެވެ. ކުޅުދުއްފުށި ކައުންސިލުން ވަނީ މިފަދަ މުހިންމު ޕްރޮޖެކްޓެއް އެ ސިޓީގައި ހިންގައިދެއްވުމުން ޕްރޮޖެކްޓް ހިންގި ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް