
ވ. ތިނަދޫގެ ރައްޔިތުން އެ ކަމަށް އެދުނީ ރައީސް މުއިއްޒު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅޫގެ ތެރެއިން މިރޭ އެރަށަށް ވަޑާއިގެން ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒު ވ، ތިނަދޫ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެރަށު ރައްޔިތުން ބޭނުންވާ ކަންކަމާއި ކަންބޮޑުވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ދެއްވައިފަ އެވެ.
ވ. ތިނަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
300 މީހުންގެ އަބާދީއެއް އޮންނަ ތިނަދޫގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ތިނަދޫ އަބްދުލް އަޒީ (އަޒީބެ)އެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ވ. ތިނަދޫގެ ނަން ގދ. އަތޮޅުގެ ތިނަދު އަށް ކިޔާތީއެވެ.
އެހެންކަމުން އޭނާ، ރައްޔިތުންގެ ފަރާތުން ރައީސް އަރިހުގައި އެދިވަޑައިގަތީ ތިނަދީ ކިޔާ ހަމައެކަނީ ރަށަކީ ވ. ތިނަދޫކަމުގައި ހައްދަވައި ދެއްވުމަށެވެ. އަޒީބެ ބުނީ ދެ ތިނަދޫ އޮތުމުން ދެ ރަށަށް އަންނަ މީހުން އޮޅި ނުބައި ރަށަށްވެސް ދެވޭކަމަށެވެ. އަދި ގދ. ތިނަދޫ މީހުންވެސް އެރަށަށް ކިޔަނީ ތިނަދޫ ނޫންކަން ފާހަގަކުރައްވާ ވ. އަތޮޅުގައި އެކަނީ ތިނަދޫ ބާއްވާދިނުމަށް އަޒީ އެދުނެވެ.
އެއް ނަމެއް ކިޔާ ދެ ރަށްރަށުގެ މައްސަލައަކީ ސަރުކާރުން ހައްލު ކޮށްދޭން ޖެހިފައިވާ މައްސަލައެއް ކަމަށް ވިޔަސް އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށް އަޒީބެ ބުނިއެވެ.