
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮޮދޫއަށް ވަޑައިގަތް އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަހަރު ބަޖެޓުގައި ކެޔޮދޫގެ ބިން ހިއްކުން ނެތްނަމަވެސް މިހާރު އެކުލަވާލަމުންދާ ބަޖެޓްގައި އެކަން ހިމެނޭނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް އަންނަމަހު މަޖިލިހަށް ހުށައަޅާ ޑިސެމްބަރު މަހު ބަޖެޓް ފާސްކޮށް އަންނަ އަހަރު ކުރީކޮޅު ކެޔޮދޫ ބިން ހިއްކަން ފަށާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ވ. ކެޔޮދޫއަކީ ލޯކަލް ޓްއަރިޒަމްގެ ވިޔަފާރި ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަަހަރުގެ މާރިޗުމަހުގެ ކުރިން ކެޔޮދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ރައީސް މުއިއްޒު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވިދާޅުވީ ރަށްްރަށުގެ ބިން ހިއްކާނީ އެ ރަށެއްގެ ރައްޔިތުން އެދޭނަމަކަމަށެވެ. އެހެންކަމުން އެކަމަށް އެދޭނަމަ ރައްޔިތުންގެ ފަރާތުން ކައުންސިލް މެދުވެރިކޮށް ރަސްމީ ލިޔުމެއް ހުށައެޅުމަށް ރައީސް މުއިއްޒު އިއްޔެ ވަނީ އަންގަވާފައެވެ.