ads
ސިއްހީ މަރުކަޒުގެ އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ވ.ކެޔޮދޫ ސިއްހީ މަރުކަޒާއި ސްކޫލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
ވ.ކެޔޮދޫ ސިއްހީ މަރުކަޒާއި ސްކޫލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
Advertisement

މި ދެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވ. ކެޔޮދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ސިއްހީ މަރުޒަކު އެޅުމަށް ވެވުން އެއްބަސްވެމުގައި ސޮއި ކުރައްވާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރޔޑ) އަހްމަދު ސައުދީ އެެވެ.

917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫ އަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެއް ކަމަށާއި އަލަށް އިމާރާތް ކުރެވިގެންދާ ސިއްހީ މަރުކަޒުގެ ސަބަބުން މި ރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން މުޅި ރަަށައް އެތަށް ފައިދާ އެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަސްރޫއުގެ ދަށުން 17180 އަކަފޫޓު އާ ސިއްހީ މަރުކަޒެއް އިމާރާތް ކުރެވިގެންދާނެ ކަމަށާއި މި އިމާރާތުގެ ހިދުމަތް އެންމެ ފުރިހަމަ އަށް ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެމްޓީސީސީން އިތުރަށް ބުނާ ގޮތުގައި 720 ދުވަހަށް ހަވާލުކުރެވުނު މި މަޝްރޫއު އަށް ގާތްގަނޑަކަށް 29.89 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށެވެ.

ކެޔޮދޫގައި އަޅާ 4 ބުރީގެ ސްކޫލް އިމާރާތުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް މުހައްމަދު އަދި އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރޔޑ) އަހްމަދު ސައުދީ އެެވެ. 

އެމްޓީސީސީން ބުނީ މި އަޅާ 4 ބުރީގެ ސްކޫލް އިމާރާތުގެ ސަބަބުން ސްކޫލް ކުދިންނައް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ ކުދިންނައް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މި އިމާރާތް ނިންމާލެވޭ އިރު 11 ކްލާސް ރޫމާއި 1 ސްޓާފް ރޫމާއި 1 ކޮމްޕިއުޓަރު ލެބުގެ އިތުރު 1 ސައިސް ލެބްވެސް މި އިމާރާތުގައި ހިމެނޭނެ ކަމަށެވެ. 

އެ ކުންފުނިން ފާހަގަ ކުރި ގޮތުގައި 360 ދުވަސްތެރޭ ނިންމާލަން ޖެހޭ މި މަސްރޫއަށް 23.79 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް