ads
ނިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރުން
ނިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި
ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއާޕޯޓަކަށް ކަމަށެވެ.

އަދި މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މި އެއާޕޯޓުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިތަނުގައި މި ސޮއިކުރީ އެއާޕޯޓު ތަރައްގީކުރުމަށް އެމްއޭސީއެލަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި. އެއީ ސިވިލް އިންފްރާސްޓްރަކްޗާ ހުރިހާ މަސައްކަތެއް ކުރުމަށް. އަދި އޮޕަރޭޓްކުރުމަށް. ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް ސޮއިކުރެވުނު މަޝްރޫޢެއް. މި އެއްބަސްވުމުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އެމްއޭސީއެލުން މިރަށުގައި ތަރައްޤީކުރާނެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއަރޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިބޭފުޅުންނަށް ދެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓަކީ ރަށުގެ ތަރައްގީއަށާއި އަތޮޅުގެ ތަރައްގީއަށް ވެސް ކޮންމެހެން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ނިލަންދޫ، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެންމެ މުހިންމު ކަމަކަށް ވާނީ އެއާޕޯޓުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކާއި ރިސޯޓުތަކުން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން ހިފަހައްޓަމުން އަންނަ ސިޔާސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް