މިމަހުގެ 7 ވަނަ ދުވަހުން ފެށިިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސާދާގެ، އަހަމަދު ފިރާގު (46އ) އާއި ކ. ކާށިދޫ / ޝަރަފް، ސާލިމް ނަސީރު (43އ) އެ އިދާރާއިން ބުނެ އެވެ.
އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެމީހުން އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމެވެ.
އޮޕަރޭޝަންގެ ތެރެއިން ހޯދުނު މަސްތުވާތަކެތި
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު ފިރާގަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ސާލިމް ނަސީރަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.