ads
"ސައްޔާރާ"ގެ މަންޒަރެއްގައި އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ.
"ސައްޔާރާ"ގެ ތަރިން އަހާން އާ އަނީތުގެ މެދުގައި އޮތީ ލޯބީގެ ގުޅުމެއްތަ؟
ބޮލީވުޑް ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަހާން ޕަންޑޭއާއި އަނީތު ޕައްޑާގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް މީޑިއާ ހަބަރުތައް ބުނެފި އެވެ.
Advertisement

މި ދެތަރިން ވަނީ ދާދިފަހުން ރިލީޒްކުރި ފިލްމު "ސައްޔާރާ" އަށް އެކުގައި މަސައްކަތްކޮށްފަ އެވެ. އިންޑަސްޓްރީއިން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، މި ފިލްމުގެ ޝޫޓިންގްގެ ތެރެއިން މި ދެތަރިން ވަނީ ވަރަށް ގާތްވެފަ އެވެ. 

އަދި ޝޫޓިންގް ނިމުމަށްފަހުވެސް އެ ދެމެދުގައިވާ ގުޅުން ދެމިގެން ގޮސްފައިވާ ކަމަށް ވަނީ ފާހަގަވެފަ އެވެ. ސެޓުން އެ ދެމެދުން ފެނުނު ކެމިސްޓްރީއާއި، އެކަކު އަނެކަކަށް ދެވުނު ސަމާލުކަން ފިލްމު ޓީމުގެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ކަމަށް ވެއެވެ.

your image"ސައްޔާރާ"ގެ ޕޯސްޓަރެއްގައި އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ.

މިކަމުގެ ސަބަބުން އެ ދެމެދުގައި އޮތް ރަހުމަތްތެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުވެފައިވާ ކަމުގެ ހީނުކުރާ ސުވާލުތައް އުފެދިފައިވާ ކަމަށޤ ރިޕޯޓް ތަކުން ބުނެ އެވެ. މި ލޯބީގެ ގުޅުން ސިއްރުކުރުމަށް އެ ދެތަރިންނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ. މި އިރުޝާދު ދީފައިވަނީ މަޝްހޫރު ޕްރޮޑިއުސާ އަދި ޑައިރެކްޓާ އާދިތިޔާ ޗޯޕްރާ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ. 

މި ދެތަރިންނަކީވެސް ފިލްމީ ދާއިރާއަށް އަލަށް ނިކުމެފައިވާ ތަރިން ކަމުން، އެ ދެމީހުންގެ މަސައްކަތުގެ މައްޗަށް މީހުންގެ ސަމާލުކަން ހުއްޓުވުމަށްޓަކައި މި ގޮތަށް އެންގިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ. 

ނަމަވެސް މިކަމާ ގުޅޭގޮތުން އާހާން ނުވަތަ އަނީތު ވެސް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް އެ ދެމެދުން ފެންނަ ގާތްކަން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ވަނީ ފާހަގަވެފައި ކަމަށާއި މިކަމުގެ ސަބަބުން އެ ދެ މީހުން ގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމުގެ ވާހަކަތައް އިތުރަށް ގަދަވެފައިވާ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ވައިއާރުއެފުން ގެނެސްދިން "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މި ފިލްމަކީ މުޅިން އާ އެކްޓަރުންތަކެއް ބޮލީވުޑަށް ތައާރަފުވި ފިލްމަކަށް ވެފައި މިވަރުގެ ބޮޑު އާމްދަނީއެއް ލިބުމުން މިއީ ހީނުކުރާ ވަރުގެ ކާމިޔާބީއެއް ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.

މިފަހުން ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުން އަދި ހާއްސަކޮށް ފިލްމީ އާއިލާތަކުން ނުކުތް އާ އެކްޓަރުންގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ލިބިފައި ނުވެ އެވެ.

"ސައްޔާރާ"އަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް