ads
ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފ. ނިލަންދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި
ފ. ނިލަންދޫގައި އަލަށް ގާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައި، މިއަދު ނިލަންދޫގައި ބާއްވައިފި އެވެ.
Advertisement

މި ރަސްމިއްޔާތާ ގުޅިގެން، މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ރަސްމީކޮށް ފަށާފަ އެވެ. ނިލަންދޫގައި ބޭއްވުނު މި ހާއްސަ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީ، ނިލަންދޫ ކައުންސިލުގެ ރައީސް އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ވަށައިފާރު ރޭނުމާއި، އޮފީސް ބްލޮކަކާއި ކުށްވެރިން ބައިތިއްބާނެ ފެސިލިޓީއަކާއި ގަރާޖެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއަކީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ނިލަންދޫއަކީ 2500 އަކަށް އާބާދީ އަރާ، މަސްވެރިކަމަށް ހާއްސަވެފައިވާ ރަށެއް ކަމުން އެމްޓީސީސީގެ ދެކޭގޮތުގައި، މި ރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ ފ. އަތޮޅުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ލިބިގެންދާނެ ފުރިހަމަ ކުރިއެރުމެކެވެ. 

މީގެ އިތުރުން، މި ޕޮލިސް ސްޓޭޝަން ގާއިމުކުރެވުމުން ރަށުގެ އަމަންއަމާންކަން ހިފެހެއްޓުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ. އަދި މިއީ ރަށުގެ ތަރައްގީއަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި އެމްޓީސީސީ އިން ދެކެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް