ads
އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ
ސަރުކާރު ޖަވާބުދާރީކުރަން އެހެން ޕާޓީތަކާއި ގުޅެން ތައްޔާރު: އިމްރާން
ސަރުކާރު ޖަވާބުދާރީކުރަން އެހެން ޕާޓީތަކާއި ގުޅެން ތައްޔާރުކަމަށް އަދާލަތު ޕާޓީގެ ރައީސް ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ސަރުކާރު ހަމަމަގުން ކައްސާލާފައިވާކަމަށެވެ. އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ. 

" ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ޤަބޫލޫކުރަން." އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާނަމަ އެވާހަކަ ދައްކަން ޖެހޭނެކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވިދާޅުވި ފަދައިން އެއީ ޕާޓީތަކުގެ ޒިންމާއެއްކަމަށާއި ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީތަކަށް މަތި ކޮށްފައި އޮތް ޒިންމާއެއް އެބައޮތްކަން އިންރާން ފާހަގަކުރެއްވިއެވެ. 

" އެޒިންމާ އަދާކުރުމަށް އަދާލަތު ޕާޓީ އެހެންޕާޓީތަކާއި އެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ." އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ހަމައިން ކައްސާލާ ނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށް ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވިދާޅުވެފައި ވަނިކޮށެވެ. ޕީއެންއެފްގެ އޮފީހުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ގޯސް ކަންކަމުގެ ވާހަކަދައްކަން އިދިކޮޅު އެމްޑީޕީއަށާއި އަދާލަތަށްވެސް ހިތްވަރު ދެއްވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް