ads
ކުޅުދުއްފުށި ސިޓީ---- ފޮޓޯ: ޕީއެސްއެމް
ކުޅުދުއްފުއްޓާއި ޅައިމަގު މޮނީޓަރިންގެ ހާލަތުން ނަގައިފި
ހދ. ކުޅުދުއްފުއްޓާއި ށ. ޅައިމަގު މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު އަޒީޒު ވިދާޅުވީ ކުޅުދުއްފުއްޓާއި ޅައިމަގު މޮނީޓަރިންގެ ހާލަތުން މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓާއި ޅައިމަގު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަމާޒު ބޯޓުން ކޮވިޑް-19 ގެ ޕޮޒިޓިވްވި ކޭސް އާ ގުޅިގެންނެވެ. 

އަމާޒުބޯޓުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހެއްގެ ގޮތުގައި އެ ބޯޓުގެ ކެޕްޓަން ފެނިގެން ގޮސްފައި ވާއިރު، ކެޕްޓަންގެ އާއިލާގެ ފަސް މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ބަޔަކުވެސް ނަރުދޫ އިން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އެ ބޯޓުން ދަތުރު ކުރި ށ. މިލަންދޫ އަށް ނިސްބަތްވާ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.  

އެ ބޯޓުވަނީ ށ. އަތޮޅުގެ ގިނަ ރަށްތަކެއްގެ އިތުރުން ނ. އަތޮޅާއި ހދ ގެ ގިނަ ރަށްތަކަކަށް ވެސް ޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް