ads
މުލަކު ބަނދަރުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ: ރައީސް އޮފީސް
މުލަކު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
މ. މުލަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
Advertisement

މުލަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫއުގެ ދަށުން 70,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 253 މީޓަރުގެ ސޭންޑްފިލް ބޭރުތޮށި އައުޓާ ރިވެޓްމެންޓެއް ޖެހުމާއި، 25 މީޓަރުގެ ނެރު ބޭރު ތޮއްޓެއް ލުމާއި، 53 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 3,062 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫއަކީ 62.63 މިލިއަން ރުފިޔާއަށް 485 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މުލަކުގެ ބަނދަރުގެ މަސައްކަތަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށާއި އެމްޓީސީސީން ރަށް ގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދޭނެ ކަމަށެވެ. އަދި މުލަކުގެ މަގުތައް ހަދަން ޖެހޭ ކަމަށާއި ތާރު އެޅުމުގެ މަރުހަލާގައި ކަންކަންވާ ކަމަށާއި އާރްޑީސީއިން އެ މަސައްކަތް 4 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް