ފަރަށް އަރާފައި ވަނީ މާލޭން ފުރައިގެން ހއ. ދިއްދޫއަށް ދަތުރު ކުރަމުން ދިޔަ "މެގަ ހޯރަ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ބޯޓު އަރާފައި ވަނީ ނ. ވަތަވިކުރޮޅިއަށް ފަރަށް ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ބޯޓު މާލޭން ފުރާފައިވަނީ ރޭ ދަންވަރު 11:59ގައެވެ.
ބޯޓު ފަރަށް އެރިއިރު އޭގޭން 61 މީހުން ދަތުރު ކުރި ކަމަށާއި އެ ބޯޓަކީ 98 ފޫޓުގެ ބޯޓެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ
އެމްއެންޑީއެފުން އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި މި ބޯޓު އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި، އެ ބޯޓުގައި ތިބި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ވިދާޅުވިއެވެ.