މިމަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މ. އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މުލަކަށް ވަޑައިގަތުމުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި މުލަކު ދައިރާގެ މެމްބަރު އިބްރާހިމް ނައުފަލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމުގެ އިތުރުން މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލްއެވެ.
މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ހަވާލުކޮށްފައިވަނީ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. މި މަސައްކަތް އެ ކޯޕަރޭޝަނާއި ހަވާލުކުރީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހެެވެ. މި މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާއެވެ.