މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކޮންޒަވޭޓިވް ބަހުސްވެރިޔާ ޗާލީ ކާކް ފަދަ ސިޔާސީ ފަރާތްތަކުގެ ބާރަށް ކެތްނުކޮށް، ކުންފުނީގެ އެންމެހާ މަސްލަހަތުތަކަށް އިސްކަންދީގެންނެވެ. މި މައްސަލަ ފެށުނީ ޖިމީ އޭނާގެ ޕްރޮގްރާމްގައި ޓްރަންޕާއި ކާކް އަށް ފާޅުގައި ފާޑުކިޔުމުންނެވެ. އެއާއެކު، ކޮންޒަވޭޓިވް ފިކުރުގެ މީހުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ޑިޒްނީއަށް ބޮޑު ފާޑުކިޔުމެއް އަމާޒުކޮށް، ބައެއް ފަރާތްތަކުން ވަނީ ޑިޒްނީގެ ކޮންޓެންޓް ބޮއިކޮޓް ކުރުމަށްވެސް ގޮވާލާފަ އެވެ.
މި ބޮޑު ނުރުހުންތަކުގެ ސަބަބުން ޑިޒްނީ ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތައް ވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން، ޑިޒްނީ ޕްލަސް އާއި އެ ކުންފުންޏާ ގުޅުންހުރި އެހެނިހެން ހިދުމަތްތަކުންނާއި ސަބްސްކްރިޕްޝަންތަކުން ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ. މި ހުރިހާ ކަމެއް ހިނގައިދިޔުމަށްފަހު، ބޮބް، ޑިޒްނީ އެންޓަޓެއިންމަންޓްގެ ކޯ-ޗެއަ ޑާނާ ވޯލްޑެން އަދި ޖިމީ އާއެކު އަމިއްލަ މަޝްވަރާތަކެއް ބޭއްވި އެވެ.
އަދި އެ މަޝްވަރާތަކަށްފަހު، ޖިމީ ކިމެލް އަލުން މަގާމަށް ގެނައުމުގެ ނިންމުން ނިންމުނު ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ. އައިގަ ހާމަކުރި ގޮތުގައި، ކުންފުނީގެ އުފެއްދުންތެރި މިނިވަންކަން ރައްކާތެރިކުރުމާއި، ބޭރުގެ ސިޔާސީ ބާރުތަކަށް ލެނބުމުގެ ބަދަލުގައި، ކުންފުނީގެ މަސްލަހަތާއި ބެލުންތެރިންގެ އުއްމީދުތަކަށް އިސްކަންދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.