ads
އައްޑޫސިޓީގެ ފޮޓޯއެއް
އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީއެއް ހިންގައި، މީހަކު ޒަހަމްކޮށްލައިފި
އައްޑޫ ސިޓީގެ ހިތަދޫގައި މާރާމާރީއެއް ހިންގައި، ތޫނު އެއްޗަކުން ހަމަލާދީ ދިވެހި ފިރިހެނަކު ޒަހަމްކޮށްލައިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ހަމަލާގައި ޒަހަމް ކޮށްލާފައި ވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މާރާމާރީގައި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 01:17 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. ޒަހަމްވި މީހާއަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުންނެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން މައުލޫމާތު ދީފައެއް ނުވެ އެވެ. 

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް