ads
އާރުޓީއެލް ފެރީގެ ހިދުމަތް ތ. އަތޮޅުގައި މިއަދު ފެށުން
އާރުޓީއެލް ފެރީގެ ހިދުމަތް ތ. އަތޮޅުގައި ފަށައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލް ފެރީގެ ހިދުމަތް ތ. އަތޮޅުގައި ފަށައިފި އެވެ.
Advertisement

ތ. އަތޮޅުގައި އާރްޓީއެލް ފަށަން ނިންމިކަން އެމްޓީސީސީން އިއުލާން ކުރީ ވެސް މި މަހު އެވެ.

ފެރީގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވޭމަންޑުއަށް ވަޑައިގެން އެ ރަށުގަ އެވެ.

އެމްޓީސީސީން ބުނީ ތ. އަތޮޅުގެ ހިދުމަތާ އެކު، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ފެރީން ގުޅުވާލެވުނީ ކަމަށެވެ.

މިހާރު އާއުޓީއެލްގެ ޚިދުމަތް ފަށާފައިވާ ތ. އަތޮޅު ހިމެނެނީ ޒޯން 4ގަ އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ހިދުމަތް ފެށުމަށް ބޭސްލައިން ސާވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. ތ. އަތޮޅުގެ އިތުރުން ޒޯން 4ގައި ހިދުމަތް ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ އަދި ލ. އަތޮޅެވެ.

އާރުޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ޓްރާސްޕޯޓް މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ ގުޅިގެންނެވެ. މި ހިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް