ads
އެމްޓީސިސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަފައިވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދުﷲ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ސޮއި ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ގާދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް
ތ. ގާދިއްފުށީ ބިން ހިއްކުމާއެކު އެ ރަށަށުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އަމަލީ މަސައްކަތް ފަށައިފި އެވެ.
Advertisement

މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ގާދިއްފުއްޓަކީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. މިއަދު ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫއު މަސައްކަތް ނިމުމާއި އެކު ރަށުން ގޯތިދޭނެ އިތުރު ޖާގަ ތަނަވަސް ވެގެންދާނެ އެވެ. އޭގެ އިތުރުން ސިނާއީ މަސައްކަތް ކުރުމަށް ވެސް ރަށުން ޖާގަ ތަނަވަސް ވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކު އުދައެރުމާއި ރަށް ގިރުމުގެ މައްސަލަ ހައްލުވެގެންދާނެ އެވެ.

ގާދިއްފުށީގައި މިއަދު ފެށި އަދި ނިންމި ބައެއް މަޝްރޫއުތައް:

  • ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުން
  • ގާދިއްފުށި ސިއްހީ މަރުކަޒަށް އިތުރު ކުރެވޭ އާ އިމާރާތުގެ ބިންގާ އެޅުން
  • ރަށުގައި އަލަށް ގާއިމު ކުރި އޭޓީއެމްގެ ހިދުމަތް ފެށުން
  • ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

ރައީސް މުއިއްޒު މިއަދު ގާދިއްފުށި ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ރަށުގެ ބިން ހިއްކުމުގެ ބޭނުމަކީ ރަށުގައި ބޯހިޔާވަހިކަމާ އަދި އިގުތިސޯދީ ފުރުސަތުތަކަށް މަގުފަހިކޮށްދިނުންކަމަށެވެ. އެގޮތުން ތ. އަތޮޅުގައި ބިން ހިއްކުން ކުރިއަށްދާ ރަށްތަކުގެ މަޝްރޫޢުތަކާ އެކުއެކީގައި ގާދިއްފުށިގެ ބިން ހިއްކައިދިނުމުގެ މަސައްކަތް ގެންދަވާނެކަމަށެވެ.

މި ދަތުރުފުޅުގައި ރަށުގައި ފެށިގެން ދިޔަ ހެލްތް ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތަކާ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރަށުގެ ކައުންސިލްގެ އާ އިމާރާތްވެސް ޗައިނާ ސަރުކާރުގެ އެހީގައި ލިބިފަވާ މަޝްރޫއުގައި ކުރިއަށްގެންދިއުމަށް ނިންމާފަވާކަމަށެވެ.

މީގެއިތުރުން ކުޅިވަރު ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތުގައި، ރަށުގައި ފުޓުބޯޅަ ދަނޑުގެ ޓާފް އާކޮށްދީ، ފެންސްޖެހުމާއެކު އިތުރަށް ތަރައްގީކޮށްދެއްވާނެކަމަށެވެ.

އަދި ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ގެންނަންޖެހިފަވާތީ، އެ މަސައްކަތްވެސް ވެމްކޯގެ އެހީތެރިކަމާއެކު ރަށުގައި ކުރިއަށްގެންދަވާނެކަމަށް ވިދާޅުވި އެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަވެސް އަންނަ ރޯދަމަހުގެ ކުރިން ހައްލުކޮށްދޭނެކަމަށް ފެނައިން ވިދާޅުވެފަވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް