ފޮރިން މިނިސްޓްރީން ބުނީ ދެކުނު ކޮރެއާގައި ބޭއްވި ޔޫއެން-ޖީޖީއައިއެމްއޭޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އެ މަގާމަށް ޝާފީ ހޮވުނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އަރްމީނިއާ އާއި އޮސްޓްރޭލިއާ އާއި ފިޖީ އާއި އީރާނާއި ޖަޕާނާއި މެލޭޝިއާ އާއި މޮންގޯލިއާ އާއި ޕާކިސްތާނާއި ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ގޮނޑި ހޯދާފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ގޮތުގައި މިއީ ރާއްޖެއިން އެ ބޯޑުގެ މެމްބަރުކަން އަދާކުރާނެ ފުރަތަމަ ފަހަރެވެ.
އދ. ގެ ޖީޖީއައިއެމްއޭޕީގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯ-ޗެއާ އަދި ތިން ވައިސް-ޗެއާ، ހިމެނޭހެން ޖުމްލަ 15 މެމްބަރުން ހިމެނޭނެ އެވެ.
އ.ދ. ގެ ޖީޖީއައިއެމްއޭޕީ. އަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަޙައްދީ ޖަމުއިއްޔާއެކެވެ. 56ގައުމުގެ ހިމެނޭ މި ޖަމްއިއްޔާއަކީ އ.ދ. ގެ ޖީޖީއައިއެމްއޭޕީ ގެ އޮނިގަނޑުގެ ދަށުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމްއިއްޔާއެކެވެ.