ads
ހުޅުމާލެ އޯސީސީގެ މުވައްޒިފަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުން
ނޭޕާލް އަންހެން މީހާގެ ކަރަށް ހަމަލާދިން ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފި
ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ އަންހެން ސޭޓަކަށް ވަޅިން ހަމަލާދިން މައްސަލާގައި ބަގްލަދޭޝް ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.

އަނިޔާވީ ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު އޭނާއަށް ހަމަލާދީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އޭނާގެ ހާލު ރަނގަޅުކަމަށާއި ސީރިއަސް އަނިޔާއެއް ނުވާ ކަމަށް، ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ. 

މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، އަންހެން މީހާގެ ކަރަށް ވަޅިން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ޖަހަންގިރު މިއާ މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނި ނަމަވެސް، މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް