ads
ގައިދީން ޖަލަށް ވައްދާ ތަކެތި ބަލަން ޖަލުގައި ބެހެއްޓި މެޝިން ހުޅުވުމުގެ ތެރެއިން
ޖަލުން ސްކޭމްކުރަމުން އައި 200 ވުރެ ގިނަ ނަމްބަރު ކެންސަލްކޮށްފިން : އިހްސާން
ޖަލުން ސްކޭމްކުރަމުން އައި 200 ވުރެ ގިނަ ފޯން ނަމްބަރު މިހާރު ކެންސަލްކޮށްފައިވާ ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގެރެސްގައި ރޭ ހުށައެޅުއްވި ޕެރެޒެންޓޭޝަނެއްގަ އެވެ. 

އިހްސާން ވިދާޅުވީ ޖަލުގައި ތިބޭ ގައިދީން ހިންގާ ސްކޭމްތަުން ރައްޔިތުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާތަނަށް 153 އޮޕަރޭޝަނެއް ޖަލުގައި ހިންގާފައިވާކަމަށެވެ. އަދި އެމީހުން ބޭނުންކުރަމުން އައި ގިނަ އަދަދެއްގެ ފޯނު ނަމްބަރުތައް ހޯދާ ކެންސަލްކޮށްފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. 

" 200 އަށް ވުރެއިން ގިނަ ނަމްބަރު މިހާރު ވާނެ ކެންސަލް ކުރެވިފައި. އަޅުގަނޑުމެން އައި އިރުގައި ޖަލުގައި އޮވެގެންވެސް ބައެއް މީހުންނަށް އެބަ ފޯނު ނެގޭ، ފޯނު ރެޖިސްޓާ ކުރެވޭ.. ފޭޝަލް ރިކޮގްނިޝަން ހަދައިގެން. ޖަލުގައި އޮވެގެން،" އިހްސާން ވިދާޅުވި އެވެ.

ޖަލުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް އޭގެތެރެއިން ނުރައްކަލެއް ނާންނާނެ ތަނެއްގެ ގޮތުގައި މި ސަރުކާރުން ހަދާފައި ދައްކާނެކަމަށް އިހުސާން ރޭ ވިދާޅުވި އެވެ.

ގައިދީން ޖަލަށް ވައްދާ ތަކެތި ބަލަން ޖަލުގައި ސްކްރީނިން މެޝިނެއް ބަހައްޓާ މިދިޔަ ޖޫން މަހު ވަނީ ބޭނުން ކުރަން ފަށާފަ އެވެ.

މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް އާއިލާއިން ފޮނުވާ ތަކެތި އަދި އާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވޭނެކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;