ads
އިމިގްރޭޝްން އޮފިސަރެއް ޕާސްޕޯޓްތަކެއް ބަލަނީ
ނުނަގައި ހުރި ޕާސްޕޯޓްތަކާ ހަވާލުވާން އެދިއްޖެ
ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް، މި އަހަރުގެ ނިޔަލަށް ކެންސަލް ވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަ ކުރެވިފައިވާކަން ހާމަކޮށްފަ އެވެ.

މިހެންކަމުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކުން މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.

އެ ތާރީހުގެ ނިޔަލަށް ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާ، ޕާސްޕޯޓު ކެންސަލްކުރުންގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް