މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ ދެ ދައުވާއެކެވެ.
ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށްފަހު، މައުމޫންގެ މައްޗަށް ކޯޓުން ޖުމްލަ އިއްވީ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.
މިއަދު ސާބިތުވި ދެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ. އެ މައްސަލަތަކުގެ ހުކުމްވެސް މި ހަފްތާގައި އިއްވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.