ads
ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައި - ފޮޓޯ:ޝަންގްރިއްލާ
އައްޑޫ ވިލިނގިލި ރިސޯޓް 31 ޑިސެމްބަރުގައި އަލުން ހުޅުވަނީ
ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ކުރިން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން 2020ގައި ބަންދުކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ނުހުޅުވި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ޝަންގްރިއްލާ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ.  

މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ އެ ރިސޯޓު ހުޅުވަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި މުއްދަތު ފަހަނައަޅާ ގޮސްފައި ވަނިކޮށް، ރަށް ހުޅުވުމާ ގުޅޭ ގޮތުން ސަރުކާރުގެ މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ވަނީ ބާއްވާފަ އެވެ.

"ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރިސޯޓް ހުޅުވަން އަމާޒު ހިފާފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. މިނިސްޓްރީން ބުނީ ގޮތުގައި އެތަނުގައި މިހާރު އަންނަނީ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން" ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ޝަންގްރިއްލާ ވިލިގިލި ރިސޯޓް ނުހުޅުވި ދިގުލައިގެން ގޮސްފައިވުމަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް