ads
ރައީސް މުއިއްޒު އަދި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް
ވެމްކޯގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެދިއްޖެ
މާލިއްޔަތު ގާނޫނާ ހިލާފަށް ވެމްކޯ އިން މުއާމަލާތްތައް ހިންގާފައިވާކަން އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
Advertisement

ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ވޭތުވެ ދިޔަ އަހަރުތަކުގައި ވެމްކޯގެ އެތެރޭ އޮޑިޓް ރިޕޯޓުތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މާލިއްޔަތު ގަވާއިދާ ހިލާފަށްވެސް ކަންކަންކޮށްފައި ހުރިކަން އެތެރޭގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަވެފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. ވެމްކޯއިން ބުނީ މި ރިޕޯޓުތަކުގައި ބަޔާން ކުރެވިފައިވާ މައްސަލަތަކަކީ، މީގެ ކުރީގެ މެނޭޖްމެންޓުތަކުގެ މައްސަލަތައް ކަމަށެވެ.

މިމައްސަލަތައް ވެމްކޯއިން އިސްވެ، ފުލުހުންނަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓާ ޖެނަރަލް އޮފީހަށް ކަމަށް ވެމްކޯއިން ބުނެ އެވެ. އަދި ވެމްކޯއިން ހުށެހެޅި މައުލޫމާތުތަކުގެ އިތުރަށް އިދާރާތަކުން އެދުނު އިތުރު މައުލޫމާތުވެސް ފޯރުކޮށްދީ އެއްބާރުލުން ދީފައިވާނެކަން އެކުންފުނިން ފާހަގަކުރެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ވެމްކޯއިން ހާމައެއް ނުކުރެ އެވެ.

ވެމްކޯގެ ތެރެއިން ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަންކަން ކޮށްފައިވާކަން އެކުންފުނިން ހާމަކުރިއިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. 

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން ރޭ ހުކުމްކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް