ads
ސްޓެލްކޯގައި މަސައްކަތްކުރި ތިން މުވައްޒަފަކު ރިޓަޔާކުރެއްވުމުން އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން - ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ ތިން މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފި
ސްޓެލްކޯގައި މަސައްކަތްކުރުމަށް ފަހު ރިޓަޔާކުރި ތިން މުވައްޒަފެއްގެ އަގުވަޒަންކޮށްފި އެވެ.
Advertisement

ގިނަ ދުވަސްތަކެއް ވަންދެން އިހުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ހިދުމަތްކޮށް ދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔާކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.

ރިޓަޔާ ކުރެއްވި ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދިނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އެވެ.

މި ހަފުލާގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ 42 އަހަރު ހިދުމަތް ކުރެއްވި ސީނިއާ ސާވިސް އިންޖިނިއާ އަހުމަދު މަނިކު (ސުތުލި) އާއި ހިދުމަތުގައި 34 ހޭދަކުރެއްވި ސީނިއާ ސާވިސް އިންޖިނިއާ އިބްރާހިމް ރަޝީދު (އަންދަރޭ) އަދި ހިދުމަތުގައި ހަތް އަހަރު ހޭދަކުރެއްވި ސީނިއާ ސާވިސް ސުޕަވައިޒަރު ހަސަން ހަލީމް އެވެ.

ސްޓެލްކޯއަކީ އެ ކުންފުނީގައި ގިނަ އަދަދެއްގެ ދުވަސްވީ މުވައްޒަފުންވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް