ads
ދިރާގު ބިލްޑިން
ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ އަށް އިންގިލާބެއް ގެނައި ދިރާގަށް 37 އަހަރު
ދިރާގަށް 37 އަހަރު ފުރުނުއިރު މިވީ ދިގު ތާރީހުގައި ދިރާގުގެ މަސައްކަތުން ރާއްޖެއަށް ވަނީ ޓެލެކޮމިއުނިކޭޝަންސް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނެސްދީފަ އެވެ.
Advertisement

1 އޮކްޓޫބަރު 1988 ވަނަ އަހަރު އުފެއްދުނު ދިވެހި ރާއްޖޭގެ ގުޅުން ނުވަތަ ދިރާގާކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޖަޒީރާ ރާއްޖެގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެކަކު އަނެކަކާ ގުޅުވާލަދިން މައިގަނޑު އެއްބާރު އެވެ. 

ދިރާގު ކުރިން އެއްރަށުން އަނެއް ރަށާ މުވާސަލާތު ކުރުން ވެގެން ގޮސްފައިވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. މުހިންމު މެސެޖެއް ފޮނުވުމަށް ގިނަ ފަހަރަށް ޖެހޭނީ ބޮޑެތި ކަނޑުތައް ހުރަސްކޮށް ދިގު ދަތުރުތަކެއް ކުރަންށެވެ. ނަމަވެސް ދިރާގު އުފެދުމާއި އެކު އެކަން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ އެވެ. އެގޮތުން 1988 ވަނަ އަހަރު ރާއްޖޭގެ 7 އަތޮޅެއްގައި ފޯނު ބޫތުގެ ހިދުމަތް މެދުވެރިކޮށް އެ އަތޮޅުތައް ގުޅާ ލެވުނު އެވެ.

ދިރާގަށް 10 އަހަރު ފުރުން އިރު ދިރާގުން ވަނީ ޓެލެފޯނުގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށްތަކެއް ގުޅާލާފަ އެވެ. އިންޓަނެޓްގެ ހިދުމަތް ދުނިޔެއަށް ތައާރަފު ވުމާއި އެކު ރާއްޖޭއަށް އެ ހިދުމަތް އެންމެ ފުރަތަމަވެސް ތައާރަފު ކޮށްދިނީ ހަމަ ދިރާގުންނެވެ. 

your imageގެއެއްގައި ދިރާގުގެ ލޭންޑްލައިން ހިދުމަތް ބޭނުން ކުރަނީ - ފޮޓޯ: ދިރާގު

ދިރާގުގެ 37 އަހަރުވީ މަސައްކަތުގައި، އާ އެތައް ހިދުމަތެއް ތައާރަފުކޮށް މުވާސަލަތީ ގުޅުންތައް ވަނީ އިންތިހާއަށް ފަސޭހަކޮށްދީފަ އެވެ. 2008 ވަނަ އަހަރާއި ހަމަޔަށް އައި އިރު ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް %100 މޯބައިލް ފޯނުގެ ކަވަރޭޖް ފޯރުކޮށްދީފައި އެވެ. އެއީ ދިރާގު ހާސިލް ކުރި ވަރަށް ބޮޑު ކާމިޔާބީ އެއް ކަން ފާހަގަ ކުރަން ޖެހެ އެވެ.   

ފާއިތުވެދިޔަ އަހަރުގައި ދިރާގު ވަނީ ބޮޑުތި ކާމިޔާބީތަކެއްވެސް ހާސިލް ކޮށްފައި އެވެ. އެ ގޮތުން ރާއްޖެ އަދި މުޅި ޝައުތު އޭޝިއާ އަށް ވެސް އެންމެ ފުރަތަމަ 5ޖީ ތައާރަފު ކުރީ ދިރާގުން ނެވެ. ރާއްޖޭގެ 73 އިންސައްތަ އަށް 5 ޖީ ހިދުމަތް އަހަރެއް ތެރޭ އެކަނި ވެސް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރުވެސް ދިރާގުން މިހާރު ވަނީ ހުޅުވާފައެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަރު ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑެވެ. މި ސެންޓަރު މެދުވެރިކޮށް ވިޔަފާރިތަކަށް ރައްކާތެރި، ދުނިޔޭގެ ފެންވަރުގެ ކްލައުޑް ހިދުމަތްތައް ފޯރުކޮށްދީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވާނެކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. 

your imageދިރާގުން ރަށެއްގައި ބަހައްޓާފައި ހުރި އެންޓަނާ އެއް - ފޮޓޯ: ދިރާގު

މުވާސަލަތީ ގޮތުން ހޯދި ގިނަ ކާމިޔާބީތަކުގެ އިތުރުން ދިރާގަކީ ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކުންފުންޏެވެ. އިޖުތިމާއީ ޒިންމާ އަދާކުރުމަކީ އަބަދުވެސް ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެކެވެ. މީގެ ތެރޭގައި، ޝާމިލު މުޖުތަމައުއެއް ބިނާކުރުން، ކުޑަކުދިން ރައްކާތެރިކުރުމަށް ބާރުއެޅުން، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުން، ޑިޖިޓަލް ލިޓްރަސީ އަދި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީވެސް ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކެވެ.

your imageރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް - ފޮޓޯ: ދިރާގު

އޭގެ އިތުރުން ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދާ ގުޅޭ އެކި ދާއިރާތަކާއި އިލްމީ އެކި ދާއިރާތައް ކުރިއރުވުމުގައި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ކޮންމެއަކަސް 37 އަހަރުގެ މެދުކެނޑުމެއް ނެތް ދިރާގުގެ މަސައްކަތްތަކާއެކު އެ ކުންފިނިން އަންނަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ދިރިއުޅުމުގެ ފެންވަރު ތަރައްގީކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މުވާސަލާތީ ގޮތުން ދިވެހީން ގުޅުވައިދީ، ހިދުމަތްތައް ވަގުތުން ވަގުތަށް ލިބިދީ، ދިރިއުޅުން ފަސޭހަކުރެވޭނެ ގޮތްތައް ތައާރަފުކޮށްދިނުމުގައި ދިރާގަށް އިރުއޮއްސުމެއް ނެތެވެ. މިދިޔަ 37 އަހަރުގެ ކާމިޔާބީން ބުނެދިން ހަގީގަތަކީ މި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް