މާ ބޮޑު ތަފްސީލެއް ނުދީ އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މައިބަދައިގެ ނާރުގެ ރޫޓު ނުކުންނަ ހިސާބުން ދެ ބަދަ ދޭތެރެއިން، ކެމެރާގެ އެހީގައި ބަލައި އެޕްރޯޗްކޮށްގެން ދިން ފަރުވާއަކީ، ރާއްޖޭގެ ނާރުގެ އޮޕަރޭޝަނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ އޮޕަރޭޝަން ކުރި ޓީމުގައި އިސްކޮށް ހުންނެވީ، ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފެވެ.
އައިޖީއެމްއެޗްގެ މި ކާމިޔާބީއާ ގުޅިގެން އެ ހޮސްޕިޓަލުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މައިބަދައިގެ ނާރުގެ ރޫޓު ނުކުންނަ ހިސާބުން ދެ ބަދަ ދޭތެރެއިން ކެމެރާގެ އެހީތެރިކަމާ އެކު ދިން ފަރުވާއަކީ ރާއްޖޭގެ ނާރުގެ އޮޕަރޭޝަނަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ހައިބްރިޑް ތިއޭޓަރާ އެކު މި ފަހުން ވަނީ އޮކްސިޕިޓޯ-ސާވިކަލް ފިއުޝަން ސާޖަރީވެސް ކާމިޔާބު ކަމާއެކު ހަދާފަ އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ދިވެހިން އާންމުކޮށް ރާއްޖެއިން ބޭރުން ހޯދާ ފަރުވާތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.