އުމުރުން 67 އަހަރުގައި ރިޝީ މަރުވެފައި ވަނީ ކެންސަރު ބައްޔާއި ހަނގުރާމަކުރަމުން ދަނިކޮށެވެ.
މަމްބާއިގެ ސާ އެޗް އެން ރިލައެންސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރިޝީ މަރުވެފައިވާ ކަމަށް އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރު ކޮށްފައެެވެ.
މީގެ ދެ އަހަރު ކުރިން ރިޝީ ވަނީ އޭނާ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.
އިންޑިއާގެ އެންމެ ފުރަތަމަ ފިލްމީ އާއިލާ އަށް އުފަން، ރިޝީ ކަޕޫރަކީ ކުޅަދާނަ އެކްޓަރު ރާޖް ކަޕޫރްގެ ދަރިއެކެވެ. އަދި ރިޝީގެ ކާފަ އަކީ 1950 ގެ އަހަރު ތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި އެއް ތަރިއެވެ.