ads
އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދު: ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް ދަނީ މަސައްކަތްކުރަމުން - ފޮޓޯ:ސަން
ހަންކެޑަގެ ބަދަލުގައި ދޮންހެރަ ހަލާލް ޓޫރިޒަމަށް ހުޅުވާލަނީ
އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް މިއަދު ބީލަމަށް ހުޅުވާލެވިގެން ދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ތޯރިގް ސޯޝަލް މީޑިޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑަ ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން 28 ސެޕްޓެންބަރު 2025 ގައި ބާތިލު ކޮށްފައިވާ ކަމަށެވެ. 

ރައީސްގެ ގަރާރު ނަންބަރު 25/2025 އިން އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ގަރާރު ވަނީ އިއްޔެ އުވާލަށްފަ. އެހެން ކަމުން މިރަށް "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން އުނިކޮށްފައިވާތީ އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މި މިނިސްޓްރީން މިދަނީ ކުރަމުން" ތޯރިގް ވިދާޅުވި އެވެ

އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ.މުހައްމަދު މުއިއްޒު ރޭގަ ވަނީ އުވާލައްފައެވެ 

ރައީސް އޮފީހުން ބުނީ މި ނިންމުމާއެކު، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ގަރާރު އުވާލާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ހަންކެޑެގައި ކުރިއަށްގެންދަން ނިންމާފައިވާ ޓޫރިޒަމްގެ އާ މަޝްރޫއުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހަންކެޑެ ތަރައްގީ ކުރަން, ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށްފައެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަންކެޑެ މަޝްރޫއު އެ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފަ އެވެ.

އެހެން ނަމަވެސް އެ ސަރުކާރު ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވެއެވެ.

އޭގެ ފަހުން މި ސަރުކާރުން، މީގެ ތިން މަސް ކުރިން ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދުގެ ގޮތުގައި، ހަންކެޑެ ހިމެނޭކަމަށް އިއުލާނުކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް