ads
ޕީއެންސީއަށް މި ފަހުން ސޮއިކުރެއްވި އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)
ޕީއެންއެފް ދޫކޮށް، ޕީއެންސީއާ ގުޅުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް
ރައީސް މުހައްމަދު މުއިއްޒަށް ފާޑުކިޔުމަށް ފަހު، ޕީއެންސީއާ މިފަހުން ގުޅިވައިގެންނެވި ޕީޕީއެމްގެ ކުރީގެ ސެނެޓަރު އަހްމަދު މުހައްމަދު ވަހީދު (ވައްޑެ)އަށް ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.
Advertisement

ވައްޑެ އަށް މި ސަރުކާރުގެ އިސް މަގާމެއް ދެއްވިއިރު، އޭނާ ވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކި ފަހަރު މަތިން ވާހަކަ ދައްކަވައިފަ އެވެ.

ނަމަވެސް މިދިޔަ މަހުގެ އޭނާ ވަނީ ރައީސާއި ފަސްޓް ލޭޑީގެ ކިބައިން މާފަށް އެދުމަށް ފަހު، ޕީއެންސީ އަށް ސޮއި ވެސް ކުރައްވައިފަ އެވެ. އޭރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ބުނެފައި ވަނީ ސިޔާސީ ޖޯޝު ހުންނަ މީހެއްގެ ހައިސިއްޔަތުން ވާހަކަތައް ދެއްކީ އޭރު ލިބުނު މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން މަޑަވެލި ދާއިރާއަށް ވެސް ވަހީދު ކުރިމަތިލެއްވި އެވެ.

އެނގިފައިވާ ގޮތުގައި، މި ހަފްތާ ތެރޭ ވަހީދު ހަމަޖައްސާފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް