ads
5 ހަފުތާ ތެރޭ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީ ނިމޭނެ: ރައީސް
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދީ ނިންމަވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ސޯޝަލް މީޑިއަާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އިގްތިސާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މިއީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއްކަމަށެވެ.

"ދިވެހި އިގުތިސާދު ނަގާ ކޮޅަށް ޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ރައީސް ވިދާޅުވި އެވެ.

ރޭ އޮތް ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިހާރު އިގްތިޞާދު ހިނގަމުން އަންނަނީ ރަނގަޅު މަގުގައި، ރަނގަޅު ދުވެލީގައި ކަމަށް ވިދާޅުވެ ފައެވެ.

އަދި މަޝްރޫއުތައް ވެސް ހިންގަވާނެކަމަށާއި، އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނިތައް ވެސް އަދައިކުރެވޭނެ ގާބިލްކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް