ads
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން
އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ ބޮޑު މުޒާހަރާ ފަށައިފި
އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ ވެރި ރަށް އާޓިފިޝަލް ބީޗުގައި ގިނަ އަދަދެއްގެ ބަޔަކާ އެކު ދެންމެ ފަށައިފި އެވެ.
Advertisement

އެމްޑީޕީގެ އެއްވުން ފެށީ މިރޭ 8:30 ހާއިރު "ލޫޓުވައިފި" ނަމުގައި އާޓިފިޝަލް ބީޗުގަ އެވެ.

މި އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވަމުންދާއިރު، އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.

މި އެއްވުމަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވެ އެވެ.

މި އެއްވުމާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް