ads
އެމްޑީޕީން މިރޭ ބާއްވަމުންދާ މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރަނީ - ފޮޓޯ/އެމްޑީޕީ
ސުލްހަވެރި އެއްވުން ގަދަކަމުން ރޫޅާލަން ފުލުހުން މަސައްކަތްކުރި: އެމްޑީޕީ
މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ބޭއްވި އެއްވުން ގަދަކަމުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ޕެޕަ ސްޕްރޭ އަދި ރަޔަޓް އިކުއިޕްމަންޓް ބޭނުންކޮށްގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.
Advertisement

މިރޭގެ އެއްވުމުގައި ވަނީ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައެވެ. މުޅި އާޓީފިޝަލް ބީޗު ސަރަހައްދު ފުރިފައިވާއިރު، މި އެއްވުމުގެ މަގުސަދަކީ މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެކި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުން ކަމަށް އެމްޑީޕީން ބުނެއެވެ.

އާޓިފިޝަލް ބީޗުން ނިކުމެ، މަޖީދީ މަގަށް އެއްވުމުގެ ބައިވެރިން ނިކުތުމުން އެސްއޯ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއަށްފަހު، މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފަ އެވެ. އަދި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެއާއެކު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މިރޭގެ އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމަށާއި، އެ އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާނު އިހުސާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހަތިޔާރުތައް އަތުލައިގަނެ، ކުރާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއަކަށް ނުވާނެ ކަމަށެވެ. އޭނާ ޕޯސްޓު ކުރި ވީޑިއޯ އިން ފެންނަނީ އާންމުންގެ މީހަކު ފުލުހުންގެ ޝީލްޑެއް ގެންގުޅޭ މަންޒަރެވެ.

އިހުސާން ޕޯސްޓަށް ރައްދުގައި އެމްޑީޕީން ބުނީ، މުޒާހަރާ ހުއްޓުވައި ސުލްހަވެރި އެއްވުން ގަދަކަމުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ޕެޕަ ސްޕްރޭ އަދި ރަޔަޓް އިކުއިޕްމަންޓް ބޭނުންކޮށްގެން ކަމަށެވެ.

އިހުސާންގެ ޓްވީޓުގައި ވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް