ads
ސްޓޭޓް ފާމާ އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ދެމެދު ކުރެވުން މަޝްވަރާތަކުގެ ތެރެއިން
ސްޓޭޓް ފާމާ އިން އެމްއެންޔޫއާއި އެކު މަޝްވަރާތަކެއް ކޮށްފި
ސްޓޭޓް ފާމާ އިން އެމްއެންޔޫއާއި އެކު މަޝްވަރާތަކެއް ކޮށްފިކަމަށް ސްޓޭޓް ފާމާ އިން ބުނެފި އެވެ.
Advertisement

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި އެކުގައިކަމުގައި އެވެ. 

ސްޓޭޓް ފާމާއިން ފާހަގަ ކޮށްފައިވާ ގޮތުގައި މި މަޝްވަރާތަކުގައި ފާމަސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ދިވެހި މުވައްޒިފުންނައް އިތުރު ތަމްރީނުތައް ދީ އެ މުވައްޒިފުންގެ ގާބިލުކަން އިތުރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމުގައި އެވެ. 

" ދާދި ފަހުންވެސް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ ފާމަސިސްޓުން ހޯދުމަށް އިއުލާނުކޮށްފައި. މިކަމުގެ ތެރެއިން އަޅުގަނޑުމެންނައް ފާހަގަ ކުރެވިފައިވާ ކަމަކީ ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަން." ސްޓޭޓް ފާމާގެ މީޑިޔާ އޮފިސަލެއް ސީއެންއެމް އަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ފާހަގަ ކުރައްވަމުން އެ އޮފިޝަލް ވިދާޅުވީ މި ދާއިރާއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް އެ ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމުގައި އެވެ.

your imageސްޓޭޓް ފާމާ އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ދެމެދު ކުރެވުން މަޝްވަރާތަކުގެ ތެރެއިން

އޭނާ އިތުރަށް ވިދާޅުވީ މިހާރު ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝަރ ކޯސް ހިންގުމަށް ވަނީ ނިންމާފައިވާ ކަމުގައި އެވެ. 

އޭނާ ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަމުން އަންނަނީ މި ދާއިރާ އަށް ނިކުންނަ ދިވެހި ޒުވާނުންނައް އިސްކަންދީގެން ވަޒީފާގެ ފުރުސަތު ދިނުމަށް ކަމުގައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;