މިއަދު ފާހަގަ ކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނައޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި ވާރުތަކޮށް ދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވާ ބޭފުޅުންނަކީވެސް ހަމަ ޓީޗަރުން ކަމުގަ އެވެ.
ޝާފިއު ފާހަގަ ކުރެއްވި ގޮތުގައި މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވާ އުނގަންނައި ދިނުމުގެ ހުނަރު އިތުރަށް ކުރިއަރުވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
ސަރުކާރުން އަދި މިނިސްޓްރީންވެސް ތިބީ މުދައްރިސުންނާއި އެކު ކަން ފާހަގަ ކުރައްވަމުން ޝާފިއު ވިދާޅުވީ މުދައްރިސުންނައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި އެ ބޭފުޅުންގެ ފަންނީ ގާބިލުކަން އިތުރަށް ފުރިހަމަ ކުރުމަށް މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގަދަޔަށް މަސައްކަތް ކުރަމުން ކަމުގަ އެވެ.