މިހާރުވެސް ދެ މައްސަލައެއްގައި ނުވަ އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް، 19 އަހަރަށް ޖަލަށްލައިދޭން ދައުލަތުން އެދުނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައެވެ. މި މައްސަލައިގެ ކުށް ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް އޮތީ ކަނޑައަޅައިފައެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް މިއަދު ހުކުމް ކުރާނެއެވެ. ހުކުމް ކުރުމުގެ ޝަރިއަތުގެ މަޖިލީސް އިރުކޮޅަކުން ފެށޭނެއެވެ.