ads
ލަންކާގެ ސަފީރު (ކ) އަދި ބަންގްލަދޭޝްގެ ސަފީރު (ވ) ފަތްކޮޅު އެރުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކީ ފޮޓޮއަކަށް ހުއްޓިވަޑައިގެން - ފޮޓޯ: ރައީސް އޮފީސް
ބަންގްލަދޭޝް އާއި ލަންކާގެ ސަފީރުން ފަތްކޮޅު އަރުވައިފި
ބަންގްލަދޭޝް އާއި ސްރީލަންކާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
Advertisement

ސްރީލަންކާއާއި ބަންގްލަދޭޝްގެ ސަފީރުންގެ ފަތްކޮޅު ރައީސަށް އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ، އެ ދެ ގައުމާއެކު ރާއްޖޭން ބާއްވަމުން އަންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ މެދު މަޝްވަރާކުރައްވައިފަ އެވެ. އަދި އެ ގައުމުތަކުގެ ރައްޔިތުންނާއި ދިވެހީންގެ ދެމެދުގައިވާ ދޭދޭ ގުޅުމުގެ މައްޗަށް، ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި އަލިއަޅުވާލައްވާފައި ވެއެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ނަޒްމުލް އިސްލާމް އެވެ. އަދި ލަންކާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ މުހައްމަދު ރިޒްވީ ހަސަން އެވެ.

ސްރީލަންކާއާއެކު ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ސަފީރާއެކު ރައީސް މަޝްވަރާކުރެއްވި އެވެ. އަދި ބަންގްލަދޭޝްގެ ސަފީރާއެކު އެމަނިކުފާނު ވަނީ ދަނޑުވެރިކަމާއި ވިޔަފާރިއާއި މަތީ ތައުލީމާއި އިންވެސްޓްމެންޓްގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވައިފަ އެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ބަންގްލަދޭޝްއާ އެކު ގުޅުން ގާއިމްކުރީ 22 ސެޕްޓެމްބަރު 1978ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް