ads
ހަންކެޑެ
ހަންކެޑެ ތަރައްގީކުރަން ރައީސް ކުންފުންޏެއް އުފައްދައިފި
ހަންކެޑެ ތަރައްގީކުރަން ރައީސް ރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފައްދައިފިއެވެ.
Advertisement

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް ކުންފުންޏެއް އުފެއްދީ ކުންފުނީގެ ޤާނޫނު ކިބިދޭ ވާރުގެ ދަށުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކުރުންކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މީގެއިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއްތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުންކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;