ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައުލޫމާތު މިރޭ 19:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީ ހިންގައިފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި އެކަކުގެ ބޯ ފެޅި، އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.